ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ސީއެސްސީގެ މެންބަރު ކަމަށް 41 މީހަކު ކުރިމަތިލާފައިވާއިރު، އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ 15 މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުންނަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާސިހްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝާތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފްގެ އިތުރުން އިބްރާހިމް ރަޝީދަށެވެ.
މި ހަތަރު ބޭފުޅުންނަށް ވެސް ސީއެސްސީއަށް އައްޔަނުކުރަން ރުހުން ދެއްވާފައިވަނީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުންނެވެ.



