ދަޢުލަތް ދަރާފާނެ ކަމުގެ އިހްސާސް ކުރެއްވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީގައި ދެންމެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އެހެން އެއްވެސް ކަމެއް ނޫން އަޅުގަނޑު މިއަދު މި ކުރަނީއެއް. މި ދަޢުލަތް ދަރާފާނެ ކަމުގެ ބިރުވެރިކަން، ސްވެރިން ޑެބްޓަކަށް އަޅުގަނޑުމެން ގޮސްދާނެ ކަމުގެ ބިރުވެރިކަން، މިދިޔަ ހަފްތާގައި އަޅުގަނޑަށް އިޙްސާސް ވި" ކަމަށެވެ.
ރައީސް ނަޝީދު ވިދާލުވީ އަމިއްލަ ކުންފުންޏަކަށް ސޮވެރިން ގެރެންޓީއެއް ދީފައި އޮތީ ކަމަށާއި އެ ގެރެންޓީގެ މަސައްކަތް އޮތީ ނުބަލަހައްޓާ ކަމަށެވެ.
"އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާއަށް އިނގިވަޑައިގެންނެވިއިރު ވަރަށް ފަސް ވެއްޖެ. އެ ވަޤުތު ހެއްދެވެންހުރި ހުރިހާއެއްޗެއް ހައްދަވާފައި، މިއަދު އަނެއްކާވެސް އަޅުގަނޑުމެން މިތިބީ ފެންމަތީގައި. މާދަމާ ފެތޭކަށް އަޅުގަނޑުމެންނަކަށް ނެތް ދޫކުރެވޭކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ..
ރައީސް ނަޝީދު ވިދާޅުވީ ޑިފޮއޮލްޓްވާ ލޯނެއް ދައްކަން ޖެހޭނީ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުން ކަމަށް މާލިއްޔަތު ޤާނޫނާއި ޚަރަދަށް ޒިންމާވާ ޤާނުނޫގައިވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓު ފާސްކުރާއިރު ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް، އެފައިސާ ހިމަނާފައި ފާސް ކުރަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނޫންނަމަ ދަޢުލަތް ދަރާފާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދަޢުލަތް ދެރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ.




ހިޔާލު
ނޫނޭ މޮޅު ތަމެން ސުރުހީ ލިޔަން