ރޯދަމަހަަށް ކަަރަންޓުގެ މައްސަލަތައް މަދުކުރުމަަށް 39 ޖަނަރޭޓަރު ފޮނުވައިފައި ވާނެ - ފެނަކަ

ހިނގަމުން މިދާ ރަމަޟާންމަހު ކަރަންޓުގެ މައްސަަލަތައް ވީހާވެސް މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 39 ޖަނަރޭޓަރު އެކި ރައްރަށައް ފޮނުވައިފައި ވާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައިވަނީ މިއަދު ހެނދުނު އެކުންފުނިން ކުރި ޓުވީޓެއްގައެވެ. މި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ، ރަމަޟާންމަހު ކަރަންޓުގެ މައްސަަލަތައް ވީހާވެސް މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި 39 ޖަނަރޭޓަރާއި 15 ސިންކް ޕެނަލް އެކި ރައްރަށައް ފޮނުވައިފައި ވާކަމަށެވެ. އަދި ނެޓްވޯކް ރަނގަޅު ކުރުމަށްޓަކައި 9000 މީޓަރު ކޭބަލް ފޮނުވައިފައި ވާނެ ކަމަށެވެ.

ފެނަކައިން މި މައުލޫމާތު އާންމުންނާއި ހިއްސާ ކޮށްފައި މިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމެނޭ ރައްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތަކުގެ ރިޕޯޓް ލިބެމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ބަޔެއް ރައްރަށް ކަރަންޓް ނެތި ކަނު އަނދިރީގައި ހޭދަކޮށްފައި ވެއެވެ.

އިރުވައި މޫސުން ދިގުލައިގެން ދިއުމާއި ކަރަންޓް ބޭނުންވާ އާލާތްތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ރައްތަކުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރު ތަކަށް މައްސަލަ ދިމާވެ ކަރަންޓް ކެނޑުމަށް މެދުވެރި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ