ދ. ކުޑަހުވަދޫން މާލެ އައި ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ނައިބުރައީސް މިނޫހަށް ވިދާޅުވީ، ބޯޓް މިވަގުތު އޮތީ މާލޭގައި ކަމަށާއި، ޕޮޒިޓިވްވެފައިވަނީ ބިދޭސީ ފަޅުވެރިއެއް ކަމަށެވެ.
މިމީހާ ކޮވިޑަށް ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ބޯޓްގައި މަސައްކަތްކުރާ އެހެން ފަރާތްތަކުގެ ފަރާތުން ކޮވިޑްގެ އަލާމަތްތަށް އަދި ފެނިފައިނުވާ ކަމަށްވެސް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.




