ކޮވިޑް-19: ރަޝިއާ އިން ތައްޔާރުކުރި ވެކްސިން ރައީސް ޕުޓިންގެ ދަރިކަނބަލުންނަށް ދީފި

ރަޝިއާ އިން ތައްޔާރުކުރި ވެކްސިން ބޭނުން ކުރުމުގެ ހުއްދި ދީ އެގައުމުގެ ރައީސް ޕުޓިންގެ ދަރިކަނބަލުންނަށް ދީފި އެވެ.

މި ވެކްސިން އުފައްދާފައި ވަނީ މޮސްކޯގެ ކުންފުންޏެއް ކަމަށްވާ "ގަމަލެޔާ އިންސްޓިއުޓް" އިންނެވެ.

ރަޝިއާގެ ރައީސް ޕުޓިން ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީން، އެގައުމުގައު ތައްޔާރުކުރި ކޮވިޑް-19 ގެ ވެކްޝިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާކަން އިޢުލާން ކޮށްފައެވެ. އަދި ރައީސް ޕުޓިންގެ ދަރިކަނބަލުންނަށް މިހާރު މި ވެކްޝިން ދީފައިވާ ކަމަށްވެސް ރައީސް ޕުޓިން ވަނީ އިޢުލާން ކުރައްވާފައެވެ.

ޕުޓިން ވިދާޅުވެފައިވަނީ މި ވެކްޝިންގެ ބޮޑު ސްޓޮކެއް އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ވެކްޝިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި ފުރަތަމަ ބޭނުން ކުރަ ފެށި ވެކްޝިން އެވެ.

"އަހަރެންގެ އަންހެން ދަރިއަކަށްވަނީ މި ވެކްޝިން ދީފައި. ދަރިކަނބަލުންނަށް ވެކްޝިން ދީފައިވަނީ ތަޙްލީލުގެ ތެރެއިން. ވެކްޝިން ދީފައި އެންމެ ފުރަތަމަ ދުވަހު ދަރިފުޅުގެ ޓެމްޕަރޭޗަރ ހުރީ 38 ގައި. ޖެހިގެން އައި ދުވަހު ޓެމްޕަރޭޗަރ ހުރީ 37 ގައި. އިތުރު ބަދަލެއް ނާދޭ. މިހާރު ރަނގަޅު" ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވިއެވެ.

ރަޝިއާ އިން އުފެއްދި މި ވެކްސިން އާންމުކޮށް ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި އިޢުލާން ކޮށްފައި ނުވާއިރު ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 7 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 20 މިލިއަނަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
42
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ