މިރޭވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވާރޭ ވެހޭނެ

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިރޭވެސް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެގޮތުން މާދަމާ ހެދުނު 06:00 އާއި ހަމައަށް ލަފާކޮށް އެއިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ބުނެފައިވަނީ ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އެއިދާރާއިން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިނުގައި 2 - 5 ފޫޓު ހުންނާނެކަމަށެވެ.

ނިމިގެންދިޔަ މިދިޔަ ހަފްތާ އަކީ ރާއްޖޭގެ އެކި ހިސާބަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ބޯކޮށް ވާރޭވެހި ބައެއް ރަށުގައި ފެންވެސްވަނީ ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ