ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މިއަދު 09:20 ގައި ނިޔާވެފައިވާ ކަމަށެވެ.

ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށާއި މިއާއެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 21 އަށް އަރައިފައިވާ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ޖުމްލަ 5،223 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދަކީ2،354 އެވެ. މީގެތެރެއިން 148 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ