ނައިފަރު މޮނިޓަރިންގ ހާލަތައް!

ޅ. ނައިފަރު މޮނިޓަރިންގ ހާލަތައް ގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ނޮޅިވަރަންފަރު މޮނިޓަރިންގ ހާލަަތައް ގެނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރު މޮނިޓަރިންގ ހާލަތައް ގެނެސްފައި މިވަނީ މިއަދު ޅ. ނައިފަރުން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާތީއެވެ.

އެޗްޕީއޭ ވިދާޅުވެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

ނައިފަރު ކައުންސިލުން މި ނޫހަށް މައުލޫމާތު ދިންގޮތުގައި، މި މީހާއަކީ، މާލެއިން އިން ރަށަށް އައިސް ދެ ދުވަހެއް ވީފަހުން ހުން އައިސް ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން ޓެސްޓް ހެދުމުން ބައްޔަށް ޕޮސިޓިވްވި މީހެކެވެ.

މި މީހާ ނައިފަރަށް އައި ބޯޓު މޭލެއިން ފުރާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.

މީގެ އިތުރުން، މި މީހާގެ ކިބައިން އަލާމާތްތައް ފެނުމުން ވަގުތުން ހޯމް ހައިސޮލޭޭޝަންއަށް ލީކަމަށް ކައުންސިލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ