ޖަލަކަށް ޑްރަގް އެތެރެކުރި ބުޅަލެއް ބަންދުގައި ބާއްވާފައި އޮއްވާ ފިލައިފި

ސްރީލަންކާގެ ޖަލަކަށް ޑްރަގް އެތެރެކުރުމަށް ބޭނުންކުރި ބުޅަލެއް އަތުލަައިގެނެ، ޖަލުގައި ބާއްވާފައި އޮއްވާ ފިލައިފިއެވެ.

ލަންކާގެ ވެލިކަޑައިގައި ހުންނަ ޖަލައް ޑްރަގް އެތެރެކުރަނިކޮށް މި ބުޅާ އަތުލައިގަތްއިރު އޭގެ ކަރުގައި އޮތް ބެލްޓުގައި 2 ގްރާމް ހެރޮއިންނާއި 2 ސިމްކާޑް އަދި މެމޮރީ ކާޑެއް ފޮރުވާފައި ވަނިކޮށްވަނީ ފެނިފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި މިތަކެތި ފޮރުވާފައި ހުރީ ރަބަރު ކޮތަޅެއްގެ ތެރެއަށް ލާފައި، ބުޅާ ކަރުގައިވާ އޮތް ބެލްޓުގައެވެ.

ލަންކާ ފުލުހުންވަނީ ބުޅާ ބޭނުން ކޮށްގެން ޑްރަގުގެ ވިޔަފާރި ކުރަމުންއަންނަ މީހުން އަތުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބުޅާ ބަންދުގައި ބާއްވާފައި އެވެ. ނަމަވެސް ބުޅަލަށް ކާން ހިފައިގެން ދިޔަ ވަގުތު ބުޅާވަނީ ފިލައިގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ