ލަންކާގެ ޔޫތް މިނިސްޓަރު ކަމަށް ނަމަލް ރާޖަޕަކްސާ ހަމަޖައްސަވައިފި

ސްރިލަންކާގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަމަށް ނަމަލް ރާޖަޕަކްސާ ހަމަޖައްސަވައިފިއެވެ.

ނަމަލް ރާޖަޕަކްސާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމުން އެކަމާ ފަހުރުވެރިވާ ކަމަށާށޭވެ. އަދި އޭނާ އަށް އިތުބާރު ކުރައްވާ މި މަގާމަށް އައްޔަން ކުރެއްވުމުން ރައީސް ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ އަށް ޝުކުރު އަދާކުރެއްވިއެވެ.

ސްރީ ލަންކާގައި 5 އޮގަސްޓް 2020 ގައި ބޭއްވި ޕާލިމެންޓު އިންތިހާބު ވަނީ ވެރިކަންކުރާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ) އިން ކާމިޔާބު ކޮށްފިއެވެ. ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބުގައި  ވޯޓުލާފައި ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. ލަންކާގައި ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ. ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 83 ޕަސެންޓް މީހުން ވޯޓުލާފައިވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ