އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރުގައި ފުރަތަމަ ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަން ކަށަވަރުވެފައިވާކަމަށް 'ސަން' އޮންލައިންއިން ހާމަކޮށްފިއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީ މެންބަރުންތަކެއް އިސްވެ ދަނީ މަސައްކަތް ކުރައްވަމުންދަނީ ވައުދުވި ބައެއް ކަންކަން ފުއްދުމުގައި ފެއިލްވެފައިވާ ކަމަށް ބުނެއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެމްޑީޕީގެ ހުރިހާ މެންބަރުން ތާޢީދު ނުކުރާކަން އެނގިގެންދަނީ، ފައްޔާޒުގެ ދިފާޢުގައި މީސްމީޑިއާގައި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންވެސް ވާހަކަ ދައްކަމުންދާތީއެވެ.

މިކަމާއި ގުޅިގެން "ޖަޒީރާ" އަށް ދިން އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅޭކަން އެނގުނީ މީޑިއާއަށް އެ ވާހަކަ ތިލަވުމާއެކު ކަމަށާއި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އޭނާގެ މަސައްކަތާމެދު ހިތްހަމަނުޖެހިގެން ނުވަތަ ކަންބޮޑުވެގެން ވެސް އެއްވެސް މަޖިލިސް މެންބަރަކު ވެސް އެކަން ހިއްސާ ކުރައްވާފައިނުވާކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީއިން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާއިރު އޭގެން އެނގިގެން ދަނީ ޑިމޮކްރަސީ އޮތްކަން ކަމަށާއި އެކަމާ އުފާ ކުރައްވާކަމަށެވެ.
ވަޒީރެއްގެ އިތުރުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ ދިހަ މެމްބަރުން ސޮޔެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު 65 މެމްބަރުންނާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.




