ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެ

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އައިސޮލޭޝަން ގެންދަން ގުޅުނީތީ އެޗްޕީއޭ އިން މާފަށް އެދިއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޖަނާޒާ ކުރިއަށް ދަނިކޮށް މީހަކު އައިސޮލޭޝަނަށް ގެންދަން ގުޅުނީތީ މާފަށް އެދޭކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ނިޔާވި މީހާ އައިސޮލޭޝަނަށް ގެންނަން ގުޅުނީ އޭނާ އައިޖީއެމްއެޗްގައި އޭގެ ކުރީ ދުވަހުން ފެށިގެން އެޑްމިޓް ކޮށްފައި އޮތް މީހެއް ކަމަށާއި ނަމަވެސް އެޗްޕީއޭގެ ސިސްޓަމުން އެމައުލޫމާތު ލިބެން ނެތް ކަމަށެވެ. އެހެންކަމުން ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް ހާއްސަ ސަމާލުކަމެއްދީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތައް ކަންކަން ރާވަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 21 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ