ކޮވިޑް-19ގެ ޕޮޒިޓިވު ކޭސްއެއް ނިއުޒިލެންޑުން ނުފެންނަތާ ގިނަދުވަސަތަކެއްފަހުން އެގައުމުން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއެކު، ނިޒީލެންޑުގައި ކޮވިޑް-19ގެ ކޭހެއް މުޖުތަމައުގެ ތެރެއިން ނުފެންނަތާ 100 ދުވަސް ފާހަގަކުރިފަހުން، އެ ގައުމުން އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އެރީއެވެ.
މީގެ ދެދުވަސްކުރިން، ނިއުޒިލެންޑްއިން އިތުރު 4 ޕޮޒިޓިވް ކޭސް ނިއުޒިލެންޑް އިން ފެނުނުއިރު، ބަލި ފެނިފައިވަނީ އެއް އާއިލާއަކަށް ނިސްބަްތްވާ 4 މީހުންނެވެ.
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާން ވިދާޅުވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށާއި، މިމީހުން މިބައްޔަށް ޕޮޒިޓިވުވާ ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށެވެ.
ނިއުޒިލެންޑްއިން ބަލި ނުފެންނަތާ ތިން މަސްދުވަސްފަހުން އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ އައުކްލޭންޑް ސިޓީން ބަލި ފެނުމާއެކު، އައުކްލޭންޑު މިހާރުވަނީ އާމުން ބޭރަށް ނިކުތުން މަނާކޮށް ކާފިއު އިއުލާން ކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހަށް އެ ސިޓީގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. ނިއުޒިލޭންޑްގެ ދެން ހުރި ސަރަހައްދުތަކަށްވެސް ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.
މައުލޫމާތު ލިބޭގޮތުގައި، ނިއުޒިލެންޑްއިން އަލަށް ޕޮޒިޓިވްވި10 މީހުންނަކީވެސް، ކުރިން ޕޮސިޓިވް 4 މީހުން ހިމެނޭ އާއިލާއާ ގުޅުންހުރި ކޭސްތަކެވެ.
ނިއުޒިލެންޑް ފާހަގަ ކޮށްލެވިގެންދަނީ ކާމިޔާބު ކަމާއެކު ކޮވިޑް-19 މުޖުތަމައުގައި ފެތުރުން ކޮންޓުރޯލްކުރި ފުރަތަމަ ގައުމުގެ ގޮތުގައެވެ.
.



