ވިލިވަރު ކަރަންޓީނު ފެސިލިޓީ ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް: އޮޑިޓް ރިޕޯޓް

ކ. ވިލިވަރުގައި ހެދި ކަރަންޓީނު ފެސިލިޓީ ހެދުމަށް ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ކަންތައްތަކެއް ހުރިކަން ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އެގޮތުން އޮޑިޓް ރިޕޯޓުގައި މައިގަނޑު ތިންކަމެއް ފާހަގަކޮށްފައިވާއިރު، އެއީ؛ ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޙިލާފްވުމުގެ އިތުރުން ވިލިވަރުގައި ހެދި ވަގުތީ ކަރަންޓިނު ފެސިލިޓީއަށް ކުރަން ޖެހޭ އިންސްޕެކްޝަންތައް ނުކޮށް ކުރަން ޖެހޭ ޙަރަދަށް ވުރެ ބޮޑު ޙަރަދެއްކޮށްފައިވުމެވެ.

ކ. ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވިލިވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ފަހު އެތަނުގައި ދިމާވި މައްސަލައަކާއި ގުޅިގެން ފެސިލިޓީ އެއްކޮށް ހުސްކުރުމަށްފަހު ފަހުން އެތަން މަރާމާތު ކުރުމަށްފަހު އެތަނަކީ ބިދޭސީންނަށް ހާއްސަ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އެންމެ ފުރަތަމަ ވިލިވަރުގައި ތަރައްގީ ކުރީ 30 އެނދުގެ ފެސިލިޓީއެކެވެ. އަދި 200 އެނދު އިތުރު ކުރުމާއެކު ޖުމުލަ އަދަދު މިހާރު ވަނީ 230 ށް އަރާފަ އެވެ.

ކޮވިޑް-19 އާގުޅިގެން ޓްރަސްޓް ފަންޑުން ޚަރަދުކުރުމުގައި، ސިންގަލް ސޯރސްކޮށް ޙަވާލުކޮށްފައިވާ ކަންތައްތަކުގައި އިތުރު ފަރާތްތައް ޝާމިލު ކުރުމުގެ ސަބަބުން، ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރަންޖެހިފައިވުމާއި، މަސައްކަތްތައް ކުރުވި ގޮތް ނޫން މަންޒަރެއް ލިޔެކިއުމުން ދައްކަން މަސައްކަތް ކޮށްފައިވާތީއާއި، ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް ދެއްކުމަށް ޓަކައި ލިޔެކިއުންތައް ފަހުން ތައްޔާރުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މިކަންކަން އިތުރަށް ތަހުގީގުކުރުމަށްވެސް މިރިޕޯޓުގައި އެދިފައިވެއެވެ

ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ