ޖާނުން ފިދާވެގެން މަރުވި ޒަހްރާން - ފޮޓޯ: ވަގުތު

ނިރުބުވެރި ހަމަލާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒަހްރާން މަރުވެފައިވާކަން ޔަޤީންކޮށްދީފި

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ މަހު ދިން ނިރުބަވެރި ހަމަލާތައް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒަހްރާން ހާޝިމް މަރުވެފައިވާކަން ޑީއެންއޭ ޓެސްޓުން ޔަގީންކޮށްދީފިއެވެ.

އައިސިސް ޖަމާޢަތާއި ގުޅިގެން ލަންކާގައި ހަމަލާ ދިނުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ޒަހްރާން މަރުވީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކުގައި ޝަންގްރިއްލާ ހޮޓެލްގައި  ޖާނުންފިދާވެގެންދިން ހަމަލާއެއްގައެވެ.

ޒަހހްރާން މަރުވެފައިވޭތޯ ބެލުމަށް ޑީއެންއޭ ޓެސްޓް ހަދަން ކޯޓުގައި އެދިފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިންނެވެ. ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ޒަހްރާންގެ އާއިލާ މީހުންގެ ލޭގެ ސާމްޕަލް ނަގައި ޑީއެންއޭ ހަދަން ގަވަރްމަންޓް އެނަލިސްޓަށް ފޮނުވަން އަންގާފައެވެ.

އެޓެސްޓުތަކުގެ ނަތީޖާއިން ޖާނުންފިދާވެގެންދިން ހަމަލާގައި މަރުވެފައިވަނީ ޒަހްރާންކަން ކަށަވަރުވެފައެވެ. މިކަން ކަށަވަރު ކުރުމަށް ޒަހްރާންގެ އަނބިމީހާ، ދައްތަ އަދި ދަރިފުޅުގެ ބަޖޮލޮޖިކަލް ސާމްޕަލް ނަގާ ޓެސްޓުތައް ހެދިއެވެ. އަދި އެ ޑީއެންއޭ ރިޕޯޓް މިއަދު ސީއައިޑީއާއި ހަވާލު ކުރާނެއެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވި އިތުރު މީހުންގެވެސް ޑީއެންއޭ ސާމްޕަލްތައް ހަދާ ނިންމާފައިވާއިރު، އެ ސާމްޕަލްތައްވެސް ސީއައިޑީއާ އާ ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

މިދިޔަ މަހު ލަންކާގެ 8 ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އެއްހައި މީހުން ޒަޚަމްވިއެވެ. މި ހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިންނެވެ. މި ހަމަލާތައް ދިނުމުގައި ޒަހްރާން ހިމެނޭގޮތަށް 9 މީހަކު ވަނީ އަމަލީ ގޮތުން ބައިވެރިވެ ޖާނުން ފިދާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އިނޫ

    ތީ ދުނިޔެއަށް ޖެހިފަވާ ބޮޑު މުސީބާތެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ