ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހެނދުނު ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން އުމުރުން 61 އަހަރުގެ ދިވެހި އަންހެނަކު ރޭ ދަންވަރު 01:45 ގައި ނިޔާވެފައިވާ ކަމަށެވެ.
ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައި.ސީ.ޔޫގައި ފަރުވާދެމުންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދިނެވެ. އަދި މިއާއެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފައިވާ ކަމަށްވެސް އެޗްޕީއޭ ބުނެފައިވެއެވެ.
ޖުމްލަ 5،494 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2،553 އެވެ. މީގެތެރެއިން 156 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.



