ރޮޒައިނާގެ މަޖިލިސް ކެމްޕެއިންގައި ރައީސް ނަޝީދު | ފޮޓޯ: ވަން އޮންލައިން

ރޮޒައިނާގެ ރައްދު ރައީސް ނަޝީދަށް: 'ޔެސް ބޮސް' ކިޔަން ދަސްވެފައެއް ނެތް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު، އައްޑޫ މީދޫ ދާއިރާ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރޮޒައިނާގެ މަޅީގައި އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރެއްގެ ފޮޓޯއެއް ޓްވީޓް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ 'ޔެސް ބޮސް' ކިޔަން ދަސްވެފަ ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އެކަމަނާއަށް ދިމާވެފައިއޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.

އެގޮތަށް އެކަން އޮތަސް، ފުރައްސާރަ ކުރިޔަސް ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއިއެކު ބުނަމުން ގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވެފައި ވެއެވެ. "ވާއެއްޗެއް ވާނެ" ރޮޒައިނާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހޯދުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ އަޑުތައް ފެތުރެން ފެށި ހިސާބުން ރޮޒައިނާވެސް ވަނީ ފައްޔާޒު އަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ ބަސް ބުނަމުންނެވެ.

އެމްޑީޕީ ތެރޭގައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް މައްސަލަ ވައްދަން އުޅެން ފެށުމުން ބައެއް މެންބަރުން ވަނީ ފާޅުގައި ފައްޔާޒުއަށް އިތުބާރު ކުރާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވެ، ޕާޓީގެ ގައުމީ މަޖިލިސް ވައިބަރ ގްރޫޕުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ މެސުޖު ތަކުގެ ސްރީންސޮޓްތައް ވަނީ ލީކްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ