އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވެގެން ފޭދޫން އަންހެނަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންސް ތަކާއި ޚިލާފުވެގެން ފޭދޫން ޙައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެއްކަމަށެވެ.
އަދި ޙައްޔަރުކުރެވުނު އަންހެންމީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މމައްސަލައިގެ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ އަންހެންމީހާ އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވެފަައިވަނީ ކިހިނެތްކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.
								
											

