ނިލަންދޫން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފ. ނިލަންދޫން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ، ނިލަންދޫއިން ޕޮޒިޓިވްވެފައިވަނީ ފުރަބަންދު ކަރަންޓީނަށް އެރަށަށް އައިސްތިބި ދެމީހުންކަމަށެވެ.

އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 30 އަހަރާއި 43 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

އަދި ނިލަންދޫ މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައިކަމަށްވެސް އެސެންޓަރުންވަނީ ވިދާޅުވެފައެވެ.

ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ބައެއް ރަށްރަށުންވެސް މިހާރުވަނީ ކޮވިޑް-19 ފެނިފައެވެ. އެގޮތުން ރާއްޖެތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ފުރަބަންދަށް ރާއްޖޭގެ އެކި ރަށްރަށަށް ކަރަންޓީނަށް ދިޔަ މީހުންނެވެ.

ޖުމްލަ 5،494 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވެފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2،553 އެވެ. މީގެތެރެއިން 156 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 22 މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ