ފޮޓާ: އެމްޓީސީސީ

ހޯރަފުށީގައި އެއާޕޯޓުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނުތައް ގެންގޮސްފި

ހއ. ހޯރަފުށީގައި އެއާޕޯޓުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނުތައް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ހއ. ހޯރަފުށި އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ކަމަށާއި މީގެ ތެރެއިން ކޮމްޕެކްޓަރ، ޑަބަލް ޑްރަމް އަދި އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކޮވިޑް19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

ހޯރަފުށީގައި އެއާޕޯޓުގައި އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކޮޔާ މީޓަރުގެ ފަޔަރ އެކްސެސް މަގަކާއި އަދި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުން ހިމެނެއެވެ.

މި ޕްރޮޖެކްޓްގައި 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާޗް މަހުގައި ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ