އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 13:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ބައެއް ރަށްތަކަށް އުދައަރާފާނެކަމަށް ލަފާކުރެވޭކަމަށެވެ.
Swell wave surges expected in some islands. pic.twitter.com/V0KXSytape
— Maldives Meteorology (@MetMaldives) August 15, 2020
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، އެންމެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އެހެން ހިސާބުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ދެކުނުގެ އަތޮޅުތަކަށް ވައިގަދަވުން އެކަށީގެން ވޭ" މެޓް އޮފީހުން މައުލޫމާތު ދިނެވެ.
ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.




