އުރީދޫ އިން އިންޓަރނެޓަށް ގެނެސްދިން ހެޔޮބަދަލަށް މިނިސްޓަރ ޝުކުރު ދަންނަވައިފި

އުރީދޫ މޯލްޑިވްސް އިން ދެމުން އަންނަ އިންޓަރ ނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކް ނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ އުރީދޫ މޯލްޑިވްސް އިން ދެމުންގެންދާ އިންޓަރނެޓް ޚިދުމަތުގެ ތެރެއިން ސުޕަރނެޓް ޚިދުމަތުގެ ސްޕީޑް މަތިކޮށް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށްދީފައިވާކަމަށެވެ. އަދި މި ކަމާއި ގުޅިގެން މިނިސްޓަރ މުހައްމަދު މަލީހް މަރުހަބާ ވިދާޅުވެފައިވާކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން އިން އިތުރަށް ވިދާޅުވެފައި ވަނީ މިފަދަ ހެޔޮބަދަލެއް ގެނެސްދެއްވި ކަމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިކަމަށާއި އަދި މިއީ މިދަތި ދުވަސްވަރު ޚިދުމަތް ބޭނުންކުރާ މީހުންނަށް ލިބުނު ލުޔަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އުރީދޫ އިން ވިދާޅުވެފައި ވަނީ އެފަރާތުން ފޯރުކޮށްދެމުން އަންނަ ސްޕަރނެޓްގެ ޚިދުމަތުގެ ސްޕީޑް 5 ގުނަ އިތުރު ކުރެވިފައިވާކަމަށާއި އަދި ޕެކޭޖް އެލެވެންސް %68 އިތުރު ކުރެވިފައިވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބައެއް ޤައުމު ތަކެއްގައި އިންޓަރނެޓްގެ ޚިދުމަތް ވަނީ ހިލޭ ފޯރުކޮށްދީފައެވެ. ރާއްޖޭގައިވެސް އިންޓަރނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ގިނަ ރައްޔިތުން ދަނީ މި ބަދަލު ނާންނާތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް ކޮވިޑްގެ މި ދުވަސްވަރާއި ދިމާކޮށް އިންޓްރނެޓްގެ ޚިދުމަތަށް މި ހެޔޮ ބަދަލު ގެނެސްދިނުމަށް ގިނަ ފަރާތްތަކަކުން ގޮވާލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ