ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެެއްވައިފިއެވެ.
ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވަނީ 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެކެވެ.
މި ފައިސާއަކީ ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދެއްވި އެހީތެރިކަމެކެވެ.
100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ. އެ ސެންޓަރު ޤާއިމުކުރީ އައްޑޫގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ބަޔަކު ހުޅުޖަހާ އަންދާލުމާ ގުޅިގެންނެވެ.
ހިޔާލު
Sarukaarun adives vaani meehunge Nan genuede ekamaku vaanigahuri gethanthalhany
ކޮމެންޓް ކުރުން ބަންދު