ރަޝިއާ އިން ތައްޔާރުކުރި ކޮވިޑް:19 ގެ ވެކްސިންގެ ފުރަތަމަ ބެޗް އުފައްދައިފިއެވެ.
ރަޝިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮވިޑް:19 ގެ ވެކްސިންގެ ފުރަތަމަ ބެޗް އުފައްދައިފިވާ ކަމަށާއި މި ބެޗް މިމަހުގެ ފަހުކޮޅު ދޫކުރަން ފަށާނެ ކަމަށެވެ.
ރަޝިއާ އިން ތައްޔާރުކުރި ކޮވިޑް:19 ގެ ވެކްސިން އަކީ ބޭނުންކުރަން ރައްކާތެރި ވެކްސިން އެއް ކަމުގެ ޔަގީންކަން ވަނީ އެ ގައުމުން ދީފައެވެ. އަދި މި ވެކްސިންގެ ފުރަތަމަ ބެޗް ދިނުމަށް ހަމަޖެހިފައި ވަނީ ރަޝިއާގެ ސިއްހޯ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ.
މި ވެކްސިން އުފައްދާފައި ވަނީ މޮސްކޯގެ ކުންފުންޏެއް ކަމަށްވާ “ގަމަލެޔާ އިންސްޓިއުޓް” އިންނެވެ.
ރަޝިއާގެ ރައީސް ޕުޓިންގެ ދަރިކަނބަލުންނަށް މިހާރު މި ވެކްޝިން ދީފައިވާ ކަމަށްވެސް ރައީސް ޕުޓިން ވަނީ އިޢުލާން ކުރައްވާފައެވެ. މި ވެކްޝިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި ފުރަތަމަ ބޭނުން ކުރަ ފެށި ވެކްޝިން އެވެ.
ރަޝިއާ އިން އުފެއްދި މި ވެކްސިން އާންމުކޮށް ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި އިޢުލާން ކޮށްފައި ނުވާއިރު ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 7 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 21 މިލިއަނަށް އަރައިފައެވެ.




