އއ.އުކުޅަސް

އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް ތަރައްޤީކުރަނީ

އއ.އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ވިދާޅުވީ، މި ކޮންވެންޝަން ސެންޓަރަކީ އެރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިތަކުގެ އިތުރުން ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމަށް ޤާއިމުކުރާ ސެންޓަރެއް ކަމަށެވެ.

މީގެ އިތުރުން މި ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރީން ވިދާޅުވީ، އ.އ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް 7,806,900.00ރ (ހަތް މިލިއަން އަށްލައްކަ ހަހާސް ނުވަސަތޭކަ) ގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ ކަމަށެވެ.

މި ކޮންވެންޝަން ސެންޓަރަކީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް ތަރައްޤީ ކުރުމުގެ އިތުރުން ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލް ތަރައްޤީ ކުރުމަށްވެސް އިންޑިއާއިން ވަނީ 7 މިލިއަން ރުފިޔާގެ އެހީއެއް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ