ގޭންގުތަކުގެ އެހީތެރިކަން ބޭނުމެއް ނޫން: ހޯމް މިނިސްޓަރ

ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙުގެ މި ސަރުކާރުން ގޭންގުތަކުގެ އެހީތެރިކަން ބޭނުމެއް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީން ގެނަސްދިން ފަލަ ސުރުޙީ ޕްރޮގްރާމްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މަސަރުކާރު އައިފަހުން ގުރޫޕް ހަދައިގެން ހިންގާ ބޮޑެތި މާރާމާރީ ތައް ނުވަތަ ގޭންގު މާރާމާރީ ވަނީ ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފައި ކަމަށެވެ.

"އޭގެ އެންމެ މުހިންމު ކަމަކީ މިސަރުކާރަކުން އެއްވެސް ގޭންގަކާ ޑީލެއް ނުކުރާނެ، އަޅުގަނޑުމެންނަށް އެމީހުންގެ އެހީތެރިކަން ބޭނުމެއް ނުވޭ" ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނަށް ހިމާޔަތް ހޯދައި ދިނުމުގައި ކަމަށާއި ރައްޔިތުންގެ ހިމާޔަތް ކަށަވަރުކޮށް ދިނުމުގައ ގޭންގު ތަކަށް ވާގިވެރި ނުވެ ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ ރާއްޖޭގެ ވެށި އަމާން ކުރުމަށް ލިބިފައިއޮތް ބޮޑު ކުރިއެރުމެއްކަން އިންސާފު ޤަބޫލުކުރާ އެންމެންވެސް ގަބޫލު ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ގޭންގު މާރާމާރީ ތަކުގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނަސް، އިންސާފު ޤާއިމްކުރެވި، ރިހިބިލިޓޭޓުކޮށް ސުލްހަވެރި މުވާތިލުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނެރުން ކަމަށެވެ.

މީގެއިތުރުންވެސް އެތައް މައްސަލައަކަށް އަލި އަޅުވާލައި މިނިސްޓަރ އިމްރާން ވަނީ ރޭގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ބެހޭގޮތުންވެސް މިނިސްޓަރ އިމްރާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ