މައުލޫމާތު ދިނީ މިނިސްޓްރީން އެންގި ގޮތައް، މައްސަލަ ބަލަން ޖެހޭ: މަބްރޫކް

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ކަމުގައި ހުރެ މައުލޫމާތު ދިނީ މިނިސްޓްރީތަކުން އެންގި ގޮތައް ކަމަށް އެ ސެންޓަރުގެ ތަރުޖަމާންކަން ކުރެއްވި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓްގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެއެވެ.

އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ސޮއިކުރައްވާ، ކޮވިޑް-19 އާއި ގުޅިގެން ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެއެވެ.

ވެންޓިލޭޓަރުތަކުގެ ތަފްސީލުތައް އެންމެ ފުރަތަމަ ހާމަކުރެއްވީ މަބްރޫކެވެ. މަބްރޫކްވަނީ އެމައުލޫމާތު ހާމަކޮށްފައިވަނީ ކަމާގުޅުންހުރި މިނިސްޓްރީތަކުން މައުލޫމާތު ހޯދައިގެން ކަމަށް މިރޭ ވިދާޅުވެފައެވެ. މިގޮތުން، ވެންޓިލޭތަރުތަކާ ގުޅޭގޮތުން ކިޔައިދެވޭނެ އެންމެ ތަފްސީލުކޮށް މައުލޫމާތު ހާމަކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ އެއްޗެހި ގެންނަން ހަވާލުކުރި ކުންފުނިތަކުގެ ނަންތަކާއި ޕޭމަންޓުގެ ތަފްސީލާ އަދި ރާއްޖެ ގެންނަން ހަވާލުކުރި ތާރީހު ވެސް ހާމަކޮށްފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ބުނެފައިވަނީ  ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ