ފޮޓޯ: ރައީސް އޮފީސް

އިހުމާލުން ނިޔާވި މިޝްކާގެ "މަރުގެ ރިޕޯޓް" އާންމުކޮށްފި

މިދިޔަ އަންގާރަ ދުވަހު ފަރުވާ ދިނުން ލަސްވެގެން ކޮވިޑް ބަލީގައި ނިޔާވި 11 އަހަރުގެ، ފާތިމަތު މިޝްކާގެ މަރުގެ ރިޕޯޓް އާންމު ކޮށްފިއެވެ.

މި ރިޕޯޓްގައި މިޝްކާ މުޙައްމަދަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޢަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެއްކުރެވުނު މައުލޫމާތު ހިމަނާފައިވެއެވެ.

މި ރިވިއުގައި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓާރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އިމަރޖެންސީ މެޑިކަލް ސާރވިސަސް (ބީއެމްއެސް) އިން ޢަމަލުކޮށްފައިވާ ގޮތްބަލާ، މިހާރު ޢަމަލުކުރަމުންދާ އާއްމު އުސޫލުތަކާއި އެއްގޮތައް ކަންކުރެވިފައިވޭތޯ ބެލިފައިވާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވިއެވެ.

މި ރިޕޯޓްގައި ބުނެފައިވާގޮތުން، ކޮވިޑް 19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން 28 މެއި 2021 ވަނަދުވަހު ނެގި ސާމްޕަލްވަނީ، 29 މެއި 2021 ގައި ޓެސްޓްކޮށްފައެވެ. 30 މެއި 2021 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގ ޓީމުން ބެލެނިވެރިޔާއަށް ގުޅާ ފާތިމަތު މިޝްކާ މުޙައްމަދު މިބައްޔަށް ފައްސިވެފައިވާކަން އެންގިއެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. މިކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައިވެއެވެ. ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މަޢުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މަޢުލޫމާތެއް އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހެއެވެ. ނަމަވެސް، މި މަޢުލޫމާތު ސިސްޓަމަށް އަޕްޑޭޓްކޮށްފައެއްނުވެއެވެ.

އުސޫލު ހަމަޖެހިފައިވާގޮތުން، ކޮވިޑް-19 އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް، މިކްލަސްޓަރއިންވެސް މި ދެ ދުވަހުގެ ތެރޭގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ޙާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.

31 މޭ 2021 ގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ކޭސްގައި ކަންހިނގާފައިވާ ގޮތް
14:20: ހުން ގަދަވާކަމާއި އެއްވެސް ކާއެއްޗެއް ނުކެރޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން ފާތިމަތު މިޝްކާ މުޙައްމަދު ގެ ބެލެނިވެރިޔާވަނީ ކޯލް ސެންޓަރަށް ގުޅާ މިމަޢުލޫމާތު ހިއްސާކޮށްފައެވެ.
14:24: މި މަޢުލޫމާތު ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅާ، ޓިކެޓް ރެއިސްކޮށްފައިވެއެވެ.
14:27: އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ.
15:53: ބެލެނިވެރިޔާ ދިން މަޢުލޫމާތަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާފައިވެއެވެ. އަދި މިވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިއަށް ގެންދިޔުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.
21:06: ކުއްޖާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށްވަނީ ގުޅާފައެވެ. އަދި ކުއްޖާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅު ހަދާކަމަށް ބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް މިޝްކާ މުރުވި މައްސަލައިގައި އެޗްއީއޯސީގެ އެތައް އިހުމާލުތަކަކަށްފަހު ކަމަށާއި، އެމްބިއުލާންސް ނުފޮނުވައި ކޯލް ސެންޓަރުން އެތައް ދޮގެއް ހަދާފައިވާކަމަށް ކޭސް ރިވިއު ރިޕޯޓްގައި ބުނެފިއެވެ.

މިލިޔުން ކިޔާލުމުން
1221010
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ލާސިއަފް-އެމް

    މިމައްސަލާގައި ޒިންމާވާންޖެހެނީ، ހެލްތު މިނިސްޓަރުތޯ؟ ނުވަތަ ކެރަފާ ނަސީމް ތޯ؟ ނުވަތަ ކޯވިޑް-19 ގެ ވައިރަސް ތޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ