ވަޒީރުން ވައްކަން ކުރެއްވީ ރާއީސް ސޯލިހު ވިދާޅުވެގެން: ޝިޔާމް

ވަޒީރުން ވައްކަން ކުރެއްވީ ރާއީސް ސޯލިހު ވިދާޅުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހެލްތްގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނަން ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ޝިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ވައްކަން ވަޒީރުންގެ ބޮލުގައި އަޅުވާފަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމަތް ވުމުގެ މަސައްކަތް، ރައީސް ގެ ތަރުޖަމާނު އިބްރާހިމް ހޫދު މެދުވެރިކޮށް މިއޮތީ ފައްޓަވާފައި ކަމަށެވެ.

ވަޒީރުން ވައްކަން ކުރެއްވީ ރާއީސް ސޯލިހު ވިދާޅުވެގެން ކަމަށް ވެސް އަހުމަދު ޝިޔާމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ