ފ.އަތޮޅުގެ ވެރިކަން ކުރާރަށް ނިލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން އެރަށު އިންޖީނުގެ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، މިހާރުން މިހާރަށް ހާލަތު ރަނގަޅު ކުރުމަށް އެއް މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފިއެވެ.
ނިލަންދޫގައި 2000 މީހުންގެ އާބާދީ އޮންނައިރު 1995 ވަނަ އަހަރުން ފެށިގެން އެރަށު އިންޖީނުގެ ހިންގަމުން އަންނަނީ ރައްޔިތުންގެ ނަމުގައެވެ. އެރަށު އިންޖީނުގެ ފެނަކައާއި ހަވާލުކުރުމަށް ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުމުން ރަށު ކައުންސިލް މެދުވެެރިކޮށް ރައްޔިތުންގެ މެދުގައި ނެގި ވޯޓުން 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް ރައްޔިތުން ނިންމާފައިވަނީ އަމިއްލައަށް އިންޖީނުގެ ހިންގުމަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު ވިދާޅުވީ، ނިލަންދޫ އިންޖީނުގެ އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެކުންފުނިން އިންޖީނުގެ ހިންގަން ފަށާއިރު ރަށުގެ ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލުކުރަން ފެށުމުގެ ގޮތުން 1 މެގަވޮޓްގެ ޖެނަރޭޓަރ ސެޓެއް ފޮނުވާފައިވާ ކަމަށެވެ.
F. Nilanhoo power house Fenaka aai havaaluvumuge kanthah kuriah dhaathee, mikunfunin hingan fashaairu erashuge karantah mihaaru dhimaavamun anna massalathah hallukoggen fashumuge gothun fonuvaa 1megawatt genset hifaigen furi ulhandhu mihaaru erashuga@myfoona @MaaduMr @psmnewsmv pic.twitter.com/FOKC8W3HkK
— Fenaka Corporation Ltd (@TeamFenaka) May 22, 2019
ނިލަންދޫ ކައުންސިލްގެ ރައީސް ޖަލީލް މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައިސްޓެލްކޯއިން ފެނަކަ މެދުވެރިކޮށް ފޮނުވި އެއްމެގަވޮޓްގެ ޖަނަރޭޓަރުގެ އިތުރުން 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި މިވަގުތަށް ބޭނުންވާ ކޭބަލްވެސް ފެނައިން ގެންނާނެކަމަށް އެކުންފުނިން ހާމަކުރައްވާފައިވާކަމަށެވެ.
މީގެ ދެތިން ހަފްތާއެއް ކުރިން ފެށިގެން ނިލަންދޫއަށްވަނީ ކަރަންޓްގެ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފައިވާއިރު ކަރަންޓް ނެތި އެތައް ވަގުތުތަކެއް ހޭދަވުމުގެ އިތުރުން ރައްޔިތުންގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.



