ފޮޓޯ: ޕޮލިސް ލައިފް

އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާލުވެފައިވަނީ މިތަކެތި ނައްތާލާފައިވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބ. ދަރަވަންދޫގައި ކަމަށާއި އަދި މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ.

ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 56 ފުޅި ބަނގުރަލާއި 71 ދަޅު ބިޔަރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ތަކެއްޗަކީ 2020 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2020 އޭޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް އިފުރު އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ