ސްކޫލްތަކުގައި މާއްދާތައް ކިޔަވައިދޭ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކުގައިވެސް ތަފާތު ޕްލެޓްފޯމްތަކުގެ އެހީގައި ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާކަމަށާއި، އެހެންކަމުން ސްކޫލްތަކުގައި މާއްދާތައް ކިޔަވައިދޭ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓްރީއިން ބުނީ މިބަދަލާއެކު 45 މިނަޓްގެ ކްލާސްތައް 35 މިނަޓަށް ބަދަލުވެގެން ދާނެކަމަށެވެ. އަދި ހަފްތާއެއްގައި މާއްދާއަކަށް ކިޔަވައިދޭ ވަގުތަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކިޔަވައިދޭ ޕީރިއަޑްގެ ދިގުމިން ގުޅޭގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ފަރާތުން ލިބުނު ޚިޔާލާއި އަދި ކުރެވުނު މަޝްވަރާތަކަށްފަހުކަމަށްވެސް ބުނެފައިވެއެވެ.
މިބަދަލުތައް އަންނާނީ މި މަހުގެ 23 އިން ފެށިގެންނެވެ.
"އަދި ކުރިއެކޭ ވެސް އެއްފަދައިން އައު.ޢާންމު ޙާލަތުގައިޢަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސެޝަން ގަޑީގެ ތެރެއިން އަތްދޮވުމާއި އެހެނިހެން 1 ގަޑިއިރު ލިބޭނެ ގޮތަށް، ސެޝަންގެ ދިގުމިން 24 ގަޑިއިރަށްވުރެ ދިގުނުވާނޭހެން ހަމަޖެއްސެވުން އެދެމެވެ." އެޑިއުކޭޝަން މިނިސްޓްރީގެ ސަރކިއުލާގައި ވެއެވެ.
އަދި މިއާއުސޫލާއި އެއްގޮތަށް ކްލާސްތައް ނުގެންދެވޭނަމަ އެގަޑިތައް އޮންލައިންކޮށް ގެންދިއުމަށްވެސް މިނިސްޓްރީއިން އިރުޝާދު ދީފައިވެއެވެ.



