ހއ. ކެލާއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެން އެބަލިން ރަނގަޅުވެއްޖެ އެވެ.
ކެލާގައި ދުއްވާ "ސަވާރީ" ބޯޓުން ކޮވިޑް 19 އަށް ފައްސިވި އެބޯޓްގެ 08 ފަޅުވެރިންނާއި ބޯޓްގެ ކައްޕިއާއި އިތުރު މީހަކު އެބަލިން ރަނގަޅުވެ މިއޯގަސްޓް މަހު 14 ގައި ކަރަންޓީނުން ދޫކޮށްލާފައިވާކަމަށް ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވަނީ ހާމަކޮށްފަ އެވެ.
މިއާއެކު މި ބައްޔަށް ކެލާއިން ޕޮޒިޓިވް ވެފައިވާ 10 މީހުންވެސް ރަނގަޅުވީއެވެ.
އެންމެ ފުރަތަމަ ކެލާއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން ސަވާރީ ބޯޓުގެ ފަޅުވެރިއަކު ވަނީ ޖުލައި 28 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައެވެ. އޭގެފަހުން ބޯޓްގެ އެހެން ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުން ބައްޔަށް ފައްސި ވިއެވެ.
ٱلْحَمْدُ لِلَّٰهِކޯވިޑް 19 :ސަވާރީ ބޯޓް ކޭސްގައި ޕޮޒިޓިވްވި 10 މީހުން ބަލިން ރަގަޅުވުމާއި ގުޅިގެން ކަރަންޓީން އިން...
Posted by Kelaa Council on Friday, August 14, 2020
ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި، ފަރުދީ ޒިންމާ އަދާކުރުމަށާއި ކޮންމެހެން ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.



