"ވަގުން ހިފަން އައިއިރު ވައްކަންކުރަނީ ތިމާގެ މީހުންނާއި ގާތް މީހުން!"

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ރައްދު ދެއްވައިފިއެވެ.

އެގޮތުން މީސްމީޑިއާގައި ޙިއްސާކޮށްފައިވާ ވީޑިއޯއެއްގައި ޔަޢުޤޫބު ވިދާޅުވި އެއްޗެއް ގޮތަށް ސިފަކުރައްވާ ޖާބިރު ވިދާޅުވީ، ޔަޢުޤޫބުއައީ ވަގުން ހިފަންކަމަށާއި، ނަމަވެސް އައިއިރު ތިމާގެ މީހުންނާއި ގާތް މީހުން ވައްކަންކުރަމުންދާތީ، ވައްކަން ކުރަން ފެށީކަމަށެވެ. އަދި ވައްކަން ކުރަން ބޭނުންނުވިނަމަވެސް އެންމެން ވައްކަންކުރާތީ ނުހުރެވިގެން ވައްކަން ކުރެވުނީކަމަށެވެ.

އަދި ވައްކަން ނުކުރާނަމޭ ބުނިންކަމަށާއި، މިއަދު މީހުން ކިޔާ އެއްޗަކަށް ބުނާނެ އެއްޗެއް ނެތްކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ ހުވަދޫ މީހުން ވާހަކަ ދައްކަވާ ބަހުރުވައިންނެވެ.

‏މައްކޫ ވެސް އޮޑިޓަރެއް.?

Posted by Nabyl Xamyl on Wednesday, August 19, 2020

ކޮވިޑް ޚަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަށްފަހު ސަރުކާރުގެ މުއަސާސަތަކުން ހަދާފައިވާ މަކަރާއި ކަރަޕްޝަނަށް މަގު ފަހިވާގޮތަށް ކޮށްފައިވާ ގިނަ ޢަމަލުތަކުގެ ސަބަބުން ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ އަށް ގިނަ ބައެއްގެ ބަސްތައް އަމާޒުވެފައި މިވަނީ، 19 ވަނަ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށް ބަހުސްގައި ތަކުރާރުކޮށް ވިދާޅުވި ކެނޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީއެވެ.

އަދި މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންވެސް ޔައުޤޫބު ވަނީ އޭނާއަކީ ވަގުން ހިފާނެ އޮޑިޓަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުގައި ސާބިތުވެ ހުންނާނެ ކަމަށާއި މަންމަ ވައްކަން ކުރިޔަސް އެއްވެސް ތަފާތެއް ނުކޮށް ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޖާބިރުގެ އިތުރުން  ރައީސް ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ޑރ. މުޙައްމަދު ޝަހީމް އަލީ ޝައީދުވެސްވަނީ މިކަމާއި ގުޅިގެން ޔައުޤޫބު އަބްދުﷲ އަށް ރައްދު ދެއްވައިފައެވެ.

އެގޮތުން ޓްވިޓަރ މެދުވެރިކޮށް ޝަހީމް ވިދާޅުވީ، “އަހަރެންގެ ދާއިރާ މެންބަރު ޔައުޤޫބު އެވެ. ދަރިފުޅާ ރަންކޮޅާ، މިހުރިހާ ވައްކަމެއް ކުރާއިރު، ކަލޭ ތިއުޅެނީ ކޮންތާކު” ހެއްޔެވެ. ބަހެއްވެސް ނުބުނެ ހުންނާތީ ހައިރާންވެ އަންތަރީސް ވާކަމަށް ޝަހީމް ވިދާޅުވިއެވެ.

“އެކަމަކު ބުނާނެ ތިމަންނާއަކީ ވަގުން ހިފާ އޮޑިޓަރެކޭ. ކަލެޔާ ދޭތެރޭ ހައިރާންވެ އަންތަރީސްވެއްޖެ” ޝަހީމް ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ