ބީއެމްއެލް އެކައުންޓް ތަކުން "އޮޅިގެން" ބޮޑެތި އަދަދުތަކުން ފައިސާ ކަނޑަނީ!

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވަނީ އޮޅުމަކުން ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ރަސްމީ ޓުވިޓަރ އެކައުންޓުގައި ދެންމެކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން މި ބޭންކަށްވަނީ ފާހަގަކުރެވިފައި ކަމަށާއި މިގޮތަށް ދިމާވި މައްސަލަ މިވަނީ ހޯދިފައި ކަމަށެވެ.

ވީހާވެސް އަވަހަކަށް މިކަން ހައްލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށާއި މިކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލް އެކައުންޓް ތަކުން ބޮޑެތި އަދަދުތަކުން ފައިސާ ކަނޑަމުން ދިއުމާއި ގުޅިގެން ބީއެމްއެލް ގެ ގިނަ އަދަދެއްގެ ކަސްޓަމަރުން އަންނަނީ ނުރުހުން ފާޅުކޮށް ޝަކުވާކުރުމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ