ޣާޒީ ސްކޫލް - ފޮޓޯ: ވަގުތު

ކުރިއަށްއޮތް 2 ހަފްތާގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި

ކޮވިޑް-19 ގެ ބިރުވެރިކަން އިތުރުވެ މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް މާ ޟިހުންގެ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން ކުރިއަށްއޮތް 2 ހަފްތާގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވީ މި ނިންމުން ނިންމާފައި ވަނީ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން ކަމަށެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގެ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވިއެވެ.

23 އޯގަސްޓް 2020 އިން 3 ސެޕްޓެމްބަރު 2020 އާއި ހަމައަށް އޮންލައިން ކޮށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލޭ ސިޓީގެ ސްކޫލްތަކުގައި މި ދުވަސްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 ން 12 އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ