ޖަޕާނުގައި ހުންނަ ނިންޖާ މިއުޒިއަމަކަށް ވަގުންވަދެ މިލިއަނަކަށްވުރެ ގިނަ ޖަޕާން ފައިސާ ޔެން ގެންގޮސްފިއެވެ.
މި މިއުޒިއަމްކީ ޖަޕާނުގެ އީގާ ކުލޭން ނިންޖާއިންގެ ތާރީހަށް ހާއްސަކޮށްފައިވާ މިއުޒިއަމްއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މިއުޒިއަމަށް ވަގުން ވަދެފައިވަނީ މިހަފްތާގެ އާދިއްތަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
ވަގުން މިއުޒިއަމް ތެރެއަށް ވަދެފައިވަނީ އޮފީސް ދޮރު ފަޅައިލައިގެންނެވެ. އަދި އެއަށްފަހު އޮފީހުގައި ހުރި150 ކިލޯގްރާމްގެ ބަރުދަންހުރި ތިޖޫރީވަނީ ވަގަށް ނަގައިފައެވެ.
މިއުޒިއަމްއިން މައުލޫމާތު ދޭގޮތުގައި ތިޖޫރީގައި ހުރި ފައިސާއަކީ އެޑްމިޝަން ފީގެ ގޮތުގައި 1،100 އެއްހާ މީހުންގެ ފަރާތުން ލިބިފައިވާ ފައިސާއެވެ.
ވަގުން ވަދެފައިވާ މިއުޒިއަމްއަކީ ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުވާލައިފައިވާ މިއުޒިއަމްއެކެވެ. މި މިއުޒިއަމްއިން ނިންޖާއިންގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ނިންޖާ ޝޯތައްވެސް ބާއްވަމުން ދެއެވެ.



