ރަޝިއާއިން އުފެއްދި ކޮވޮޑް-19 ގެ ވެކްސިން ޓެސްޓް ކުރުމަށް އެ ގައުމުގެ 40000 އަށް ވުރެ ގިނަ މީހުންނަށް ދޭން ނިންމައިފިއެވެ.
ނުރައްކާތެރި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ކަމަށްވާ "ސްޕްޓްނިކް ވީ" ވެކްސިން ވަނީ ރަޝިއާގެ އިދާރާތަކުން ގަބޫލުކޮށް 2 މަހު ޓެސްޓް ކޮށްފައެވެ. ނަމަވެސް މި ޓެސްޓް ތަކުގެ ނަތީޖާތައް އާއްމުކޮށްފައެއް ނުވެއެވެ.
މިހާތަނަށް މި ވެކްސިން ޓެސްޓް ކޮށްފައިވަނީ މަދުބަޔަކަޔަކަށް ވީއިރު އޭގެ ތެރޭގައި ރަޝިއާގެ ރައީސް ޕުޓިންގެ ދަރިކަނބަލުން ހިމެނެއެވެ. ނަމަވެސް މިހާރު ރަޝިއާގެ ސައިންޓިސްޓުން މި ވެކްސިން ޓެސްޓް ކުރުމަށް 40000 އަށް ވުރެ ގިނަ މީހުންނަށް، އެ ގައުމުގެ 45 މެޑިކަލް ސެންޓަރުގައި ދޭން ނިންމާފައި ވެއެވެ.
މި ވެކްސިން އުފައްދާފައި ވަނީ މޮސްކޯގެ ކުންފުންޏެއް ކަމަށްވާ “ގަމަލެޔާ އިންސްޓިއުޓް” އިންނެވެ. މި ވެކްޝިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި ފުރަތަމަ ބޭނުން ކުރަ ފެށި ވެކްޝިން އެވެ.
ރަޝިއާ އިން އުފެއްދި މި ވެކްސިން އާންމުކޮށް ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި އިޢުލާން ކޮށްފައި ނުވާއިރު ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 7 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 22 މިލިއަނަށް އަރައިފައެވެ.



