ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ހިތަދޫ ހޮސްޕިޓަލް ހިންގަން ވަގުތީ މެނޭޖަރެއް

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމަށް ވަގުތީ މެނޭޖަރަކު ހަމަޖައްސަވައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، ހިތަދޫ ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމަށް ހަވާލުކޮށްފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަހްމަދު ވަހީދުއާ ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލަށް އާ މެނޭޖަރެއް ހަމަޖައްސާފައި ވަނީ، އާ ސަރުކާރާ އެކު ވެސް އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ، އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ވަގުތީ މެނޭޖަރެއް ހަމަޖެއްސެވިއިރު، ހިތަދޫ ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވިގެން މާލެ ފޮނުވާލި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ އަންނަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ