މާލޭގެ ބަޔެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސުޓެލްކޯއިން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 22 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފަރީދީ މަގާއި، އޯކިޑު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަންޖެހުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ކަރަންޓު ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް މަސައްކަތް ނިމުނުހާއަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށްވެސް ސުޓެލްކޯއިން ބުނެފައި ވެއެވެ.
ކަރަންޓު ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް މަސައްކަތް ނިމުނުހާއަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. 2/2
— STELCO (@STELCOMALDIVES) August 21, 2020
މެއިންޓެނެންސްގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ސުޓެލްކޯއިން ދޭތެރެދޭތެރެއިން މާލޭގެ އެކި ހިސާބުތަކުން އާނމުކޮށް ކަރަންޓު ކަނޑާލަމުން ދެއެވެ.




