މާލޭ ސިޓީގެ މޭޔަރުކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގެންނަން، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ތާޢީދުކުރައްވަން ނިއްމަވައިފިއެވެ.
ޖާބިރު އަލްހާންއަށް ތާއިދުކުރައްވާކަން ހާމަކުރައްވާ ޑީ.އާރު.ޕީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޑީއާރުޕީން ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އަލްހާން ފަހުމީ ގެންނަން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ތާއިދުކުރައްވާކަމަށެވެ. އަދި މާލެ ސިޓީ ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ ތަނަކަށް ހަދާ އާ ހަރުފަތަކަށް ގެނެސްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަލްހާންއަށް އެބައޮތްކަމަށް އެ ޕާޓީން ހާމަކުރެއްވިއެވެ.
#DRP Leader @chairmanjabir endorses @AlhanFahmy for Male' City Mayor for upcoming elections. We have full confidence that Alhan will take Male' City to the next level with state of art technologies.@VaguthuOnline @avasmv @Mihaarunews @sunbrk @oneonlinemv @cnm_mv @raajjemv pic.twitter.com/2NNUbScUUU
— DRP (@drpmaldives) August 22, 2020
އަލްހާން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
އަލްހާންގެ އިތުރުން މާލެ ސިޓީގެ މޭޔަރުކަމަށް، ޕީޕީއެމްގެ ފަރާތުން ޑރ.މުއިއްޒު، އާއި އެމްޑީޕީއިން އަފްޝާން ލަތީފްވެސް ކުރިމަތިލައްވައެވެ.
ކޮވިޑް-19 ގެ ސަބަބުން، މިއަހަރު ބާއްވަން ތައްޔާރުވަމުން ދިޔަ ކައުންސިލް އިންތިޚާބު ވަނީ މުއްދަތެއް ނެތް ގޮތައް ފަސްކޮށްފައެވެ.




