އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

"ކިންގްސް ފޮރެކްސް"ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އިސްވެ ހުންނަވާ ހިންގަމުންދާ "ކިންގްސް ފޮރެކްސް" ކުންފުނީގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

ދިވެހި ފުލުހުން ވިދާޅުވީ، ދިވެހި ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުން." ދިވެހި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީމ އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ދަންނަވާ ކަމަށެވެ.

"ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި، ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް ދަންނަަވަން. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގަައިވެސް މިފުރުސަތުގައި ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ނަން ހާމަނުކޮށް "ކިންގްސް ފޮރެކްސް" އަށް ކޮށްފައިވާފަދަ އެއްވެސް ޖިނާއީ ކުށަކަށް އަރައިގަނެފައި ނުވާނެކަމަށް އަލްހާން ފަހުމީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހްޤީގު ކުރިއަށް ދާވަރަކަށް އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ