އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެއެވެ.

އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވްވި 5 މީހުންވެސް އެބަލިން ރަނގަޅުވެފައި ވާތީވެ އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލައިފަ އެވެ.

އެގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މާސްކު އަޅަން މަޖުބޫރު ކުރުމުގެ ބަދަލުގައި އަމިއްލަ އިޙްތިޔާރަށް ދޫކޮށްލައިފައެވެ. ނަމަވެސް އުމުރުން ދުވަސްވި މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ދެމުންދާ ފަރާތްތައް ގިނަގިނައިން އަތްދިވެ މާސްކު ބޭނުން ކުރުމަށް އެކައުންސިލުން އިއްޔެ ނެރެފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ވަނީ ހުޅުވާލައިފަ އެވެ. އިއްޔެ ކަރަންޓީނުން ދޫކޮށްލާފައި ވަނީ ތަހުތު ބޯޓުގެ ބިދޭސީ ދެ ފަޅުވެރިންނެވެ. އެދެމީހުން ދޫކޮށްލުމާއެކު ތަހުތު ބޯޓުގެ ކަރަންޓީނުވެސް ވަނީ އުވާލާފައެވެ.

އިހަވަންދޫން ފުރަތަމަ ކޮވިޑުގެ ކޭސް އެއް ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރާގެން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ