މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މާފުށި ޖަލަށް ވަޑައިގަތުމުން ޖަލު އޮފިޝަރުން ކަންބޮޑުވެއްޖެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީޕީ އަޙްމަދު މުޙައްމަދު ފުޅު މާފުށި ޖަލަށް ވަޑައިގަތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެން ކަމަށެވެ.
މިދަތުރުގައި މިނިސްޓަރ އިމްރާން އާއި ސީޕީ އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޑެޕިއުޓީ ސީޕީ އިބްރާހިމް މުޙައްމަދު ދީދީ އާއި ކަރެކްޝަންސްގެ ބައެއް ސްޓާފުން ވަޑައިގެންކަމަށް "ފެށުން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މި ބޭފުޅުން ސްޓާފް މިސްކިތަށް އެރިކަމަށާއި ސްޓާފް އޭރިޔާގައި ހަރަކާތްތެރިވި ކަމަށްވެސް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކަރެކްޝަންގެ އޮފިޝަރުން ކަންބޮޑުވެގެން އުޅެނީ ކޮވިޑް-19 ގެ މިހާލަތުގައި އެބޭފުޅުން އަދިވެސް ލޮކްޑައުންގައި އޮތް މާލޭ ސިޓީ އިން ވަޑައިގަތުމުންނެވެ.
މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ބަހެއް ހޯދުމަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓަރުގެ ބަހެއް ލިބޭގޮތް ނުވެފައެވެ.
މިކަމާއި ގުޅިގެން އެޗްއީއޯސީގެ ބަހެއް ހޯދުމަށް ޑރ. ނަޒްލާ އަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީވެ އެފަރާތުގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
7 Responses
EA MYHUN DHIYA EAY PICNICK EA NOONEY.EAMYHUN KURAN JEHEY RASMEE MASHAKATH GE MASHAKATHAAGEN DHIYA EAY.MAAFUSHI JALUGE OFFICERUN NOOLHEY THIBUNAA HAA GOTHA BIRUNE.OFFICERUN THIBEE SHARUKAARAA EKU.
CORRECTIONS AKI 24HRS HIDHUMATH DHEY THANEKAN FESUN NEWS LIUNU EDITOR A NEYGUMAKI HAIRAAN VAAKAME.FESHUN NEWS EA LIBEYIRA LIYAATHYVE RAYITHUN MAABODA FESHUN NEWS NUBALANI.
CORRECTIONS GE ISVERIN CORRECTIONS GE JAKUTHAKA OFFICE THAKA DHIUMA EA VES HURAHE NE.ADHI HPA GE HURIHA HUDAYE HOADAIGEN HURIHAA BEYFULHUN THANTHANA EDANI.
ތިހުރިހާ ކަމެއް ބަލަންޖެހޭތަ. ގައުމުގެ އަމާންކަމާއި ސަލާމަތަށް ހާމަ ނުކުރެވޭނެ ކަންތައްތައް ހުންނާނެކަން ނޭނގޭ ބޯގަމާރު މީހުންތަ ނޫސްލިޔަނީ. ނޫސްވެރިން ޕްރޮފެޝަނަލް ބަޔަކަށް ވާނީ ތާކުން ތާކުނުޖެހޭ ވާހަކަތައް ޚަބަރުގެ ގޮތުގައި ލިޔުން ހުއްޓިގެން
Konme hen nujeheye midhandi valhu emeehun dhaakah. Ehen nikamethin mithibi furabandhuga thee insaafun beyrun hingaa kankan baaruge beynun kohggen
އަޅުގަނޑަކީވެސް މާފުށީ ޖަލުގަ މަސައްކަތް ކުރާ މުވައްޒަފެއް، މިތަނުގަ މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވެއްޓޭ ގޮތަށް ނޫސްތަކުގަ ދޮގުވާހަކަ ފަތުރާތީ ހިތާމަކުރަން. ތިބޭފުޅުންގެ މިނިވަންކަމެއް އޮތަސް އެހެންމީހުންގެ އަބުރު ކަތިލާ ނުލާ. މިނިސްޓަރ އިމްރާން އާއި ސީޕީ އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޑެޕިއުޓީ ސީޕީ އިބްރާހިމް މުޙައްމަދު ދީދީ އަޔަސް އެބޭފުޅުން އައީ ނަގަންޖެހޭ ހުއްދަ ނަގާގެން، އެއީ އެބޭފުޅުންގެ ގާނޫނީ ވާޖިބް އިގޭތޯ. އެބޭފުޅުން މިތަނަށް އަންނަންޖެހޭނެ އަދި ހުއްޓުވޭނެ ބަޔަކުވެސް ނުތިބެވޭނެ. މިތަނުގަ މުވައްޒަފުންގެ މެދުގަ އެއްވެސް ކަމެއް ނޫޅޭ. ވަރަށް ސަލާމް.
Maa rangalhu kamah hedhigen ulheyne kameh nei !
Thee prison officer eh noonkah yageevey… ekamaku thidhehkee ragalhu vaahakathakeh…prison officerun deputy commissioner kudukoh kiyanee deputy CP ehnoon… namaves alhugadumehge dhifaauga thidhehkevi vaahakayah shukurihyaa…
Dhen kihine vaaan v