ގުޅީފަޅު

ގުޅީ ފަޅުން ފުލެޓްގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކަށް ދެ ގޮތެއް ހުށައަޅައިފި

ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަށް އެހެން ތަނަކުން ފްލެޓް ދިނުމަށް ސަރުކާރުން ނިންމައި، އެފަރާތްތަކަށް ދެ ގޮތެއް ހުށައަޅައިފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭޝިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި އެފަރާތްތަކަށް ދެ ގޮތެއް ޚިޔާރު ކުރުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން އެމިނިސްޓްރީން އެފަރާތްތަކަށް ޚިޔާރު ކުރުމަށް ދީފައިވާ ދެ ގޮތަކީ ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން ނުވަތަ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުމެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތުވެސް އެފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

ހައުސިން މިނިސްޓްރީން ވަނީ މިހާތަނަށް މި ދެ ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރައްވާ ތިއްބެވި ފަރާތްތަކުން 27 އޮގަސްޓް 2020 ގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 9:00 އިން 13:00 އަށް އެނިސްޓްރީއަށް ވަޑައިގެން އެ ލިޔުމުގައި ސޮއިކުރުމަށް ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ