ފޮޓޯ: ފުލުހުން

ރޭގަނޑު 8 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަނީ

މާދަމާ ރޭ 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.

އެވަގުތުތަކުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އަދިވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތެވެ.

އޭނާ ވިދާޅުވީ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ވެސް ދެން 20:00 އަށް ފަހު ފިހާރަ ބަންދު ކުރުމަށްފަހު ދާން ބޭނުންވާ ތަނަކަށް ދާން ޖެހޭނީ ހިނގާފައި ކަމަށެވެ.

"ރޭގަނޑު 8 ފެށިގެން ފަތިހު 5 އާއި ހަމައަށް އެއްވެސް އުޅަނދެއް ދުއްވާނަމަ، އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ނަސޭހަތެރިވާނަން. އަދި އެއަށްފަހުގައި ދެވަނަ ފަހަރު އަޅުގަނޑުމެންނަށް އެ އުޅަނދެއް ޗެކްކުރެވިއްޖެ ކަމަށް ވަނީނަމަ، ޖޫރިމަނާ ކުރާނަން" އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އަދި މިގޮތަށް ތަކުރާރުވާ ކަމަށްވާނަމަ އެއުޅަނދެއް ޓޯކުރާނެ ކަމަށާއި ޓޯ ކުރުމަށްފަހު އެއުޅަނދެއް ދޫކުރެވޭނީ ޖޫރިމަނާ ކުރުމަށްފަހު ކަމަށްވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ