މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް އެލާޓް ނެރެފި

ރާއްޖޭގެ އުތުރާއި ދެކުނުގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ މެންދަމު ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ މެންދަމު 02:30 އިން ފެށިގެން މާދަމާ ހެނދުނު 07:30 އާ ދެމެދުގެ ވަގުތުތަކުގައި ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާ ދެމެދުގެ ސަރަހައްދަށް އަދި ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ބައެއް ސަރަހައްދުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރުނުއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ވަނީ އިލްތިމާސް ކުރައްވައިފިއެވެ.

"ބޯކޮށް ވާޜޭވެހި، ވައިގަދަވެ، ކަނޑުތައް (ޚާއްޞަކޮށް ދެކުނާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދި ދަންނަވަން." މެޓް އޮފީހުން ވިދާޅިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު، ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ