ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަަސައްކަތް ފަށައިފި

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 24 އޯގަސްޓް 2020 ގައި ފެށައިފި ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މިމަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ 12 އޯގަސްޓް 2020 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް  ގެންގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެމްޓީސީސީ އިން ވިދާޅުވީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށާއި އަދި 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 35.60 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ