ފ. ބިލެއްދޫ "ރާސްތާ" ދޯނިން ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކ. ގުރައިދޫގެ ދެކުނުން މަސްވެރިކަމަށް ނުކުމެ އުޅުނު ރާސްތާ ދޯނިން ހާލު ދެރަވި މީހާ ނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އުމުރުން 50 އަހަރުގެ މި މީހާއަށް ނޭވާލާން އުނދަގޫވާން ފަށާފައިވަނީ ކާން އިންދައެވެ. ނަމަވެސް މި މީހާ ގުރައިދޫއަށް އިތުރު ފަރުވާއަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
ބިލެއްދޫ "ރާސްތާ" ދޯނިން ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބިލެއްދޫ ވަނީ މޮނިޓަރިންގ ގެ ހާލަތައް މިއަދު ލައިފައެވެ.
(ތަފްސީލު އަންނަނީ)




