ފ. ބިލެއްދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ބިލެއްދޫ މޮނިޓަރިންގ ހާލަަތައް ގެނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭ ވިދާޅުވެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
ބިލެއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ބިލެއްދޫ “ރާސްތާ” ދޯނިން ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅީގެންނެވެ.